ޚަބަރު

ތ.ތިމަރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަށް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި

ތ.ތިމަރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަށް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނެގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކުއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ގދ.ގައްދޫގެ 08 މަގެއްގައި ތާރުއަޅާ ރަނަގަޅު ފެންވަރަކަށް ހެދުން ހިމެނެއެވެ. މިގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 4 ކިލޯމީޓަރުގެ (32،144 އަކަމީޓަރު) ގެ މަގެވެ.

75،704،226.92 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ތ.ތިމަރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަށް ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފި

ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ ސަރވޭ،ޑިޒައިން އަދި އީ.އައި.އޭ ގެ މަސައްކަތް ކުރުމަށް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި ހަވާލުކޮށްފި

ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ ސަރވޭ،ޑިޒައިން އަދި އީ.އައި.އޭ ގެ މަސައްކަތް ކުރުމަށް އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި ހަވާލުކޮށްފި

އދ. ހަންޏާމީދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި

އދ. ހަންޏާމީދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އޯ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 204 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 266 މީޓަރ އެއްގަމުތޮށި ހެދުމާއި، 160 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 1330 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 4646 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 404 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 12 މޫރިން ބްލޮކްސް ޖެހުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

32,280,570.61 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އދ. ހަންޏާމީދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި