ޚަބަރު

އައްޑޫ ސިޓީގެ މަގު ހެދުމާއި ބިންހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ކުރިއަށް ގެންދިއުމަށް އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑާއި ހަވާލުކޮށްފި

އައްޑޫ ސިޓީގެ މަގު ހެދުމާއި ބިންހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ކުރިއަށް ގެންދިއުމަށް އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑް އިން ޖޮއިންޓް ވެންޗަރ ވިތް އެލް.އީ.އޭ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި  ހަވާލުކޮށްފިއެވެ. 

އައްޑޫ ސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕްރޮޖެކްޓްސް ކޯޑިނޭޓަރ، މުޙައްމަދު ރިޔާޒެވެ. އަދި އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އަދި ލީޑް ޕާޓްނަރ، ޕީ.ޖޭ ރެންކަޓްރާމެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 25 ކިލޯމީޓަރގެ މަގު ހެދުމާއި، އައްޑޫ ސިޓީގެ 4 ސަރަޙައްދެއްގައި ޖުމްލަ 228 ހެކްޓަރުގެ ބިންހިއްކުން ހިމެނެއެވެ. ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދޫއިން 90 ހެކްޓަރާއި، މަރަދޫ – މަރަދޫފޭދޫއިން 75 ހެކްޓަރާއި، ހުޅުމީދޫއިން 38 ހެކްޓަރު އަދި ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.

މި ކޮންޓްރެކްޓުގެ ދަށުން މި މަޝްރޫޢުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރުކުރުމާއި، ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކުރުމާއި، ޓެންޑަރިންގ މަރުޙަލާގެ މަސައްކަތްތަކާއި އަދި ކޮންސްޓްރަކްޝަން ސުޕަރވިޝަންގެ މަސައްކަތްތައް ކުރުން ހިމެނެއެވެ.

މި މަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫ.އެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

7,107,915.00 ޔޫ.އެސް ޑޮލަރ ޙަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 1221 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އައްޑޫ ސިޓީގެ މަގު ހެދުމާއި ބިންހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ކުރިއަށް ގެންދިއުމަށް އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ ލިމިޓެޑާއި ހަވާލުކޮށްފި