ޚަބަރު

ރ. އަލިފުށި އަދި ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން އައި އީ.އައި.އޭގެ މަސައްކަތް ކުރުމަށް ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

ރ. އަލިފުށި އަދި ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން އައި އީ.އައި.އޭގެ މަސައްކަތް ކުރުމަށް ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި ލޭންޑް އެންޑް މެރިން އެންވަޔަރަންމަންޓަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، ހުސެއިން ސިމާދެވެ.

މި މަޝްރޫޢުގެ ދަށުން ރ. އަލިފުށި އަދި ރ. ދުވާފަރު ބިންހިއްކުމަށް ބޭނުންވާ ޑީޓެއިންޑް ޑިޒައިންއާއި އެންވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

272,208.00 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 51 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެވެ.

ރ. އަލިފުށި އަދި ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުގެ ޑިޒައިން އައި އީ.އައި.އޭގެ މަސައްކަތް ކުރުމަށް ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި