ޚަބަރު

ކ. ހިންމަފުށި ބަނދަރުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި

ކ. ހިންމަފުށި ބަނދަރުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އޯ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 38 މީޓަރގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 172 މީޓަރ އެއްގަމުތޮށި ހެދުމާއި، ރޭމްޕެއް ހެދުމާއި، 772 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 18,800 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9,900 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 287 މީޓަރ ރިވެޓްމަންޓް ޖެހުމާއި،4 ނެރުބައްތި ޖެހުމުގެ އިތުރުން 11 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

24,602,989.02 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކ. ހިންމަފުށި ބަނދަރުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި