ޚަބަރު

ށ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި

ށ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އޯ.އޯ، ޝާހިދު ހުސެއިން މޫސާއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 387 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 280 މީޓަރ އެއްގަމު ތޮށި ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1400 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 18,500 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

33,144,965.10 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 480 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ށ. ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި